ބްލޮގް


ފާހަގަކޮށްލެވޭ ތަޤުރީރުތަކާއި ޚަބަރުތައް

ފުވައްމުލަކުގައި ކެންޕެއިން އޮފީހުން ބޭއްވި ޖަލްސާ

ފުވައްމުލަކުގައި ކެންޕެއިން އޮފީހުން ބޭއްވި ޖަލްސާގައި ދެއްކި ވާހަކަ

ގަދަކީރިތިވަންތަ މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ދަންނަވަން(.) މިއުންމަތުގެ މާތް ސާހިބާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަށް ސަލަވާތާއި ސަލާމް ލެއްވުންއެދި ދުޢާ ދަންނަވަން. މިދުޢާގައި އެ މާތް ނަބިއްޔާގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރަން(.)

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ލޮބުވެތި އަނބިކަނބަލުން، އެންމެހާ އިއްޒަތްތެރިން، ޚާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ އަޚުންނާއި އުޚުތުން. އައްސަލާމު ޢަލައިކުމް!

މިރޭ އަޅުގަނޑުގެ ވާހަކަކޮޅު ކުރިއަށް ގެންދިއުމުގެ ކުރިން، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ލޮބުވެތި އަނބިކަނބަލުން، މެޑަމް ފާތުމަތު އިބުރާހީމް، ކުރައްވަމުންގެންދަވާ ޤައުމީ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އެކަމަނާއަށް ހިތުގެ އުމުޤުން ފުރިއުތުރި އަރަމުންދާ ލޯތްބާއި އިޙުތިރާމާއެކު އެކަމަނާއަށް ޝުކުރު ދަންނަވަން(.) ކަމަނާއަށް ފުރިހަމަ ޞިއްޙަތެއް ދެއްވައި، ޤައުމީ ޚިދުމަތުގައި ކުރިއަށް ވަޑައިގަތުމުގެ އިތުރު މަގުތައް ފަހިކުރައްވާށި، އާމީން!(.)

ޝައްކެއް ނެތްގޮތުގައި ފުވައްމުލަކަކީ މުޅި ރާއްޖޭގައިވެސް އެންމެ ރީތި، އެންމެ މަޝްހޫރު، އަދި ހަމައެހާމެ ޚާއްޞަ ސިފަތަކެއް ލިބިފައިވާ ތަފާތު ރަށެއް(.) ތަހުޒީބަށް ލޯބިކުރާ، ވަޠަނީ ރަށެއް(.) މާކުރީ ޒަމާނުއްސުރެވެސް، ތާރީޚީގޮތުން ބަލާއިރުވެސް، ފުވައްމުލަކުގެ އަންހެނުންނަކީ ރާއްޖޭގެ އެހެން ގިނަރަށްރަށުގެ ނިޞްބަތުގައި ހޭލުންތެރި ބައެއް(.) ރާއްޖޭގެ ފުރަތަމަ އަންހެން ވާރުވެރިޔަކީ ނުވަތަ ފުރަތަމަ އަންހެން އަތޮޅުވެރިޔަކީވެސް ފުވައްމުލަކުގެ ކަނބަލެއް. ފުވައްމުލަކުގެ ދިރުމަކީ ފުވައްމުލަކުގެ ޖިންސުއްލަތީފުން(.)

މިއަދު ދިވެހިރާއްޖޭގެ މަހާރެހެންދި ފުވައްމުލަކަށް ވަޑައިގެންނެވުމުން ފުވައްމުލަކުން ވިދާޅުވި ހޫނު މަރުހާއިންވެސް އަޅުގަނޑު ކުރިން މިދެންނެވި ކަންކަން ފާހަގަ ކުރެއްވޭނޭ! ސާބަހޭ ފުވައްމުލަކުގެ ރައްޔިތުން، ސާބަހޭ ހުރިހާ ކަނބަލުން(.)

އާދެ! ރައީސް ޔާމީންގެ ޒަޢާމަތުގައި އިޖުތިމާޢީގޮތުންނާއި އިޤުތިޞާދީގޮތުންނާއި ސިނާޢީގޮތުން މިވަނީ މީގެކުރިން ދުވަހަކުވެސް ނުދެކޭފަދަ ކުރިއެރުންތަކެއް ޤައުމަށް ހޯއްދަވައިދެއްވާފައި(.) ފުވައްމުލަކުގައި 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައި އޮތީ ހަމައެކަނި 9 މަޝްރޫޢު(.) ރައީސް ޔާމީންގެ ވެރިކަމުގައި 41 މަޝްރޫޢު ހިންގަވާފައިވޭ(.) ފުވައްމުލަކުގެ ރައްޔިތުން ރައީސް ޔާމީނަށް އާނ!ބަސް ބުނަން ނިކުމެ މި ތިބީ އެހެންވެ(.) ޝައްކެއް ނެތްގޮތުގައި ރާއްޖެ މިދެކޭ ޒަމާނީ ތަރައްޤީގެ ބާނީއަކީ ރައީސް ޔާމީން(.)

މިރަށަށް ދިރުން ލިބިއްޖޭ، ހިތްތައް އެކީ ފޮޅިއްޖޭ

މިރަށުން ރައީސްގެ ޚިދުމަތް ރަނގަޅަށް ވަޒަން ވެވިއްޖޭ!

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، ސިޔާސީ ހަލަބޮލިކަން އޮތީ އިންތިހާއަށް ގޮސްފައި(.) މަގުތަކުގައި އޮތީ ހުސް މުޒާހަރާ(.) ތަންތަނުގައި އަލިފާން ރޯކުރުންފަދަ ކަންކަން އޮތީ ޢާންމުވެފައި(.) ޤައުމިއްޔަތުގައި ވަނީ ރެނދު އަޅާފައި(.) އިޖުތިމާޢީ ފޭރާން ވަނީ ވީދިފައި(.)

ނަމަވެސް، ރައީސް ޔާމީން މިވަނީ ޙިކުމަތްތެރިކަމާއެކު އިޖުތިމާޢީ ގިނަ މައްސަލަތަކެއް ޙައްލުކޮށްދެއްވާފައި(.) ސަރުކާރުން ހިންގަވާ ބައެއް މަޝްރޫޢުތަކާއި އުފައްދާ އައު ވަޒީފާގެ ފުރުޞަތުތަކުގެ ސަބަބުން 2014 ވަނަ އަހަރަށްވުރެ މިހާރު ކުށްކުރުން މަދު ކުރެއވިއްޖެ(.) ވަޒީފާގެ ފުރުޞަތުތައް އުފެއްދެވުމުގައިވެސް ރައީސް ޔާމީނަކީ ޖާދޫގަރެއްފަދަ ބޭފުޅެއް(.) ވެމްކޯއަކީ މީގެ ރީތި މިސާލެއް(.) ރާއްޖޭގައި ސުލްޙަމަސަލަސްކަން ދެމެހެއްޓޭވަރުގެ އުރައްޕަތެއްހުރި ސިޔާސީ ލީޑަރަކީ ރައީސް ޔާމީން(.)

ދަންނަވަންތޯ؟ ޤައުމެއް ޤައުމެއްގެގޮތުގައި ދެމިއޮތުމަށް އެންމެ ބޮޑަށް ބޭނުންވާ، އަސާސީ އެއްކަމަކީ އެ ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު(.) 1 ފެބުރުއަރީގައި ރާއްޖޭގެ މިނިވަންކަން ގެއްލިގެން ނުދިޔައީ، އަޅުގަނޑުމެން މިނިވަން ޤައުމެއްގެގޮތުގައި މިއޮތީ ރައީސް ޔާމީންގެ ޙިކުމަތްތެރިކަމުގެ ސަބަބުން(.) އެހެން އެއްވެސް މީހަކު ވެރިކަމުގައި ހުރިނަމަ މިހާރު ރާއްޖެ އޮންނާނީ ބޭރުގެ އިސްތިޢުމާރީ ޤައުމެއްގެ އަޅުވެތިކަމުގެ ދަށުގައި(.) އުޅެންޖެހޭނީ އެހެން ބަޔަކު ބުނާހާގޮތަކަށް(.) ކަންކަން ކުރަންވީގޮތް ކިޔައިދޭނީ އެހެން ބައެއް(.)

ނަމަވެސް، ރައީސް ޔާމީންގެ އަޒުމާއި ހިތްވަރުފުޅު އެއަށްވުރެ މާގަދަ(.) ޤައުމާއި ރައްޔިތުންދެކެ ވެވަޑައިގަންނަވާ ލޯތްބާއި ޤައުމުގެ މުސްތަޤުބަލާމެދު ގެންގުޅުއްވާ ތަޞައްވުރާއި ޤައުމުގެ ސިޔާދަތާއި ކަރާމާތާއި ހައިބަތާއި ޤައުމުގެ މިނިވަންކަމުގެ އަގު އެމަނިކުފާނަށް މާބޮޑު(.) މިއީ ކޮންމެ ދިވެހި ޤައުމީ އަފުރާދަކު ފަޚުރުވެރިވާންޖެހޭނެކަމެއް(.)

ދިވެހިރާއްޖެ ތަރައްޤީ ކުރަންޖެހޭނީ އަދި ތަޙުޒީބުވަމުންދާންވާނީ އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ޤައުމިއްޔަތު ރައްކާތެރި ކުރެވިގެން(.) ދީނީ މިނިވަންކަން ދިނުމަށް ނުވަތަ އެހެން ދީންތަކެއް ރާއްޖެއަށް ގެންނަން ޑީލް ހަދައިގެން ވެރިކަމަށް އަންނަ ބަޔަކަށް އިސްލާމް ދީން ހިމާޔަތެއް ނުކުރެވޭނެ(.) ދިވެހި ޤައުމުގެ ސިޔާދަތެއް ނުހިފެހެއްޓޭނެ(.)

ރާއްޖޭގެ ވެރިކަމަށް ގެންނަންވާނީ ޤައުމު ދެކެ ލޯބިވާ، ޤައުމުގެ ސިޔާދަތު ރައްކާތެރި ކުރެވޭނެ، ޤައުމިއްޔަތު ދެމެހެއްޓޭ ފެންވަރުގެ ހަރުދަނާ ބޭފުޅެއް(.) އެފަދަ ބޭފުޅަކަށް ރާއްޖޭގައި ހުންނެވީ ހަމައެކަނި ރައީސް ޔާމީން(.)  

އާދެ! 21 ވަނަ ޤަރުނުގެ ލީޑަރޝިޕް ކޮލިޓީއާބެހޭގޮތުން 2015 ވަނަ އަހަރު ޕާލް ޖާނަލް އޮފް މެނޭޖްމަންޓް ގައި ބުނަނީ ހަރުދަނާ ވެރިންގެ ކިބައިގާ

Visionary, Inspiration, Delegation, Courage, Competent, Commitment, Sense of humor މި ސިފަތައް ހުންނާނެކަމަށް(.) މިދެންނެވި ހުރިހާ ޤާބިލިއްޔަތުތަކެއް ރައީސް ޔާމީންގެ ޒަޢާމަތުން ދަނީ ފެންނަމުން(.)

އާދެ! އިދިކޮޅު ފަރާތްތައް ހުރިހާ ގޮތަކުން ބަލިވީމައި، އިންތިޚާބަކުން ކާމިޔާބު ނުވާނެކަން އެނގޭތީ، އަދި ރާއްޖޭގައި ޤާނޫނުތައް ހުރިގޮތުން، ރައީސް ނަޝީދުގެ ނަން ވޯޓް ކަރުދާހުގައި ނޯންނާނެކަން އެނގޭތީއާއެކު، އަދިވެސް މަސައްކަތް ކުރަމުންދަނީ، މިހާރުވެސް މަސައްކަތް ކުރަމުންދަނީ ޣައިރުޤާނޫނީގޮތުން ސަރުކާރު ބަދަލު ކުރުމަށް(.)

އެކަމަކު އެއަށްވުރެ ރައީސް ޔާމީން މާ ހުޝިޔާރުވާނެ(.) އެމަނިކުފާނުގެ ސަރުކާރު މާކުޅަދާނަ(.) އަޅުގަޑުމެން މިތިބީ އެކަމަށް ތައްޔާރުވެ(.) މާތްﷲ ގެ ވާގިފުޅާއެކު، ޤާނޫނީ އިމުގެ ބޭރުން ސަރުކާރު ބަދަލު ކުރާކަށް އެއްވެސް ފުރުޞަތެއް ނުދޭނަން(.) މިއަދު ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް އޮތީ ރައީސް ޔާމީނާއެކުގައި(.)

ހުރިހާ ބޭފުޅުންވެސް ޤައުމަށް އިޚުލާޞްތެރި ވުމަށް އިލްތިމާސް ކުރަން(.) ޤާނޫނުގެ ކުރިމަތީގައި ބޭބެއަކަސް ކޮއްކޮއަކަސް، ދައްތައަކަސް، ހަމަހަމަވާނެ(.) ޣާޒީއެއްވެސް ބާޣީއަކަށް ވީމާ އޮންނަން ޖެހޭނީ ކުޑަގޮޅީގައި، ޚާދިމެއްވެސް، ޚާއިނަކަށް ވީމާ އޮންނަން ޖެހޭނީ ހުރަގޭގައި(.) އެއީ ދުނިޔޭގެ ޤާނޫނު(.) އެއީ ރައީސް ޔާމީން ކުރައްވާ ކަމެއް ނޫން(.) އެމީހަކު ފޭނުނު އިލޮށިގަނޑެއް އެމީހެއްގެ ލޮލަށް ހެރޭނެ(.)

އާދެ! ދިވެހި ރައްޔިތުންގެ ލޯތްބާއި އިޙުތިރާމް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ގެންދަވަނީ ހޯއްދަވަމުން(.) ރައްޔިތުންގެ އިތުބާރާއި ޔަޤީންކަމާއި ލޯތްބާއި އިޙުތިރާމް ރައީސް ޔާމީން ހޯއްދަވަނީ އެމަނިކުފާނުގެ އިޚުލާޞްތެރި މަސައްކަތްޕުޅާއި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ޤައުމަށް މިއަދު ލިބެމުން މިދާ ތަހުޒީބާއި ތަރައްޤީއާއި ރައްޔިތުންގެ ދިރިއުޅުމަށް ލިބެމުންދާ ލުއިފަސޭހަކަމާއި ހިތްހަމަޖެހުމުގެ ސަބަބުން(.)

ޤައުމު އާރާސްތު ކުރުމަށް އަދި ފެށިފައިވާ ގިނަގުނަ މަޝްރޫޢުތަކުގެ ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި ރައީސް ޔާމީން 2 ވަނަ ދައުރަކަށް ހޮވުމަކީ ޤައުމީ ވާޖިބެއް(.)

ޤައުމިއްޔަތާއި ސިޔާދަތާ، ހުއްރިއްޔަތާއި ކަރާމަތާ

ޤައުމަށްޓަކައި ރައްކާކުރަން ޔާމީން ވަރެއް ނޯންނާނެޔޭ

ރައީސް ޔާމީން ހޮވުމަށްޓަކައި ފަސްޓް ލޭޑީ އިސްވެ މިކުރައްވާ މަސައްކަތަކީ ޤައުމީ މަސައްކަތެއް. މިސައްކަތް ކުރަންޖެހެނީ ޤައުމަށްޓަކައި ތިމާ އަދާކުރާ ފަރުދީ ޒިންމާއެއްކަމުގައި ދެކެގެން(.) ޤައުމުދެކެ ލޯބިވާ، ޙުއްބުލްވަޠަންގެ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ކޮންމެ މީހަކު ރައީސް ޔާމީން ހޮވުމަށް މަސައްކަތް ކުރައްވާނެ(.) ތިޔަ އެންމެހާ ބޭފުޅުން ހިތުގެ ޚާލިޞް ލޯތްބައެކު ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް ތިޔަގޮތަށް ނިކުންނެވީމާ ވަރަށް ކަންބޮޑުވާ މީހުން އުޅޭނެ(.) އިންޒާރުވެސް ދޭނެ، ބިރުވެސް ދައްކާނެ(.)

ކިތަންމެ ގިނަ ގޮންޖެހުންތަކެއް ކުރިމަތި ކުރުވިއަސް، ސޯޝަލް މީޑިއާގައި އަޅުގަނޑުމެންގެ ޝަޙުސު ޤަތުލު ކުރަން މަސައްކަތް ކުރިއަސް، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޤާނޫނީ އިމުގެތެރޭގައި(.) ހަމަގައިމުވެސް އަޅުގަނޑު ރައީސް ޔާމީން އަރިހުގައި ހުންނާނަން(.) ތިޔަ ބޭފުޅުން ތިއްބަވަނަންތޯ(.) މިފަހަރު ބޮޑު ތަފާތަކުން ރައީސް ޔާމީން އިންތިހާބު ކުރަންވާނެ(.) މިރޭ މިފަށާ މަސައްކަތް ނިންމާލަންވާނީ ރައީސް ޔާމީން އެއްބުރުން ހޮވާފައި(.)

 

އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު ދެއްވުން(.) ދިވެހި ޤައުމަށް ރޯޝަނީ މުސްތަޤުބަލެއް މިންވަރު ކުރެއްވުން، އާމީން!(.) ވައްސަލާމުޢަލައިކުމް(.)